Sunday, August 5, 2012

Dhivehi vaahaka: Kanfathu Handi

Dhivehi vaahaka: Kanfathu Handi: ކަންފަތު ހަންޑި ޙުސައިން ސިރާޖު މަނާލް ސުކޫލުން އަންނަނިކޮށް ހަންޑިއަކާ ދިމާވިއެވެ. އެއީ، ވަރަށް ރައްޓެހި ހަންޑިއެކެވެ. އެހަން...

Friday, June 8, 2012

Hdh.Atoll


ތިލަދުންމަތީ ދެކުނުބުރީގެ މަލަ

ޙުސައިން ސިރާޖު ޢުމަރު
ތަރުތީބުކޮށް ކުރަހަންފަށަން ތިލަދުން މަތިން ނަލަ މަންޒަރެއް
ބަރުހިތް ނުކޮށް ރަށްތަކު ތެރޭން މޯހިރު ބަލާ ދިއުމަށް މަގެއް
ފަރިދޫގެ މަލަ ފެނިފައި ހިތަށް ގެނުވައިދެއޭ ހިތްދަތި ކަމެއް
ފަރިކަން އެވާ އުސްފަސްގަނޑުން ހެކިކޮށްދެއޭ މާޒީތަކެއް
ފަޅުކޮށް ދެބުރު ހޮޑައިދޫ ދިއުމުން ވިޔޭ މޮޅު މީހުނަށް
ކަޅުކޮށް ލިޔެވި ތާރީޚް ގައި އުޅުނޭ އެތާ ބޮޑު ޖާހިލެއް
ހަނިކޮށް ނިމޭ މާތުނޑި ފުޅެއް ލިބިފައި އޮތަސް ހަނިމާދުއަށް
ހަނިކަން ނުވާ މަސްރޫޢުތައް ދަސްކޮށް ދިނޭ މޮޅު ގޮތްތަކެއް
ފަނޑުކަން ނުވާ ބޮޑުގަސް ފިނޭ ނަން ކޮށްލަމޭ ތިލަދުން މަތިން
            ދަނޑުވެރިކަމުން ކުރި ހޯދަމުން ހޯދިޔެ ނަފާ ފައިދާ ތަކެއް
ލެފުމާ ފުރުން ފަހިކޮށް އަބަދު ލިބިފައި ވަނީ ނައިވާދުއަށް
ލެފުމުން ފެނޭ ދިރުމާ ކެރުން ކުޑަކުޑަ ރަށުން އެތަކެއް ތަނެއް
ސީދާ ދަމޭ ހިރިމަރަދުއަށް ތިންރޭ މަތިން ވިހަ ކެޑުވުމަށް
މީދާ ފެނޭ އެފެނަށް ކިއަސް އޭގައި ވެޔޭ މޮޅު ތާސިރެއް
ޣާޒީ ރަދުން ނޮޅިވަރަންފަރަށް ދެއްވީ ކުރަން ހެޔޮ ވެރި ކަމެއް
މާޒީވެ ގޮސް ޤަރުނުން ހަތަރު ހަމަކޮށް އައީ ފެންކަޅި ވުމެއް
މަސްވެރި ކަމާ ދަނޑުވެރި ކަމުން ވަނައެއް ދެވޭ ނެއްލައިދުއަށް
ފަސްދީފަގޮސް މާޒީ އެކަށް ބެލުމުން ނެތޭ ދެރަ އެއްކަމެއް
މޮޅުކޮށް ހެދޭ ބިލެތުގެ ނަފާ ހޯދަން ދަނީ ނޮޅިވަރަމަށޭ
ކޮޅު ކޮޅު މަތިން ބެލިއަސް ރަށަށް ފެންނަން އޮތީ މޮޅު ރަންބިމެއް
ޒިކުރާ މަދަޙަ ނަލަކޮށް ކިއާ ކުރިބީ ތަކުރު ފާނުން ފަދައިން
ފިކުރާ އުޅުން ސޭޚުގެ ފުށުން ދަސްވީ މޮޅަށް ގިނަ ކަންތަކެއް
ކުނބުރުދޫ ޗަކަ ބިންތަކުން ފެނެއޭ އުޅޭތީ ކަންޒު ކަހަނބު
ގުނބުހެލި ނުދާ ގޮތްތައް ބަލާ ދުވެ ގެއްލެއޭ އިވުމުން އަޑެއް
ކުޅުދުއްފުށިން ހިތްވަރު ދިނީ މަސްވެރި ކަމާ ވިޔަފާރިއަށް
           ގުޅުވާ ލެވޭ ޚިދުމަތް ތަކުން ފެށިގެން އައީ މޮޅުވެރި ކަމެއް
ޢިބުރަތް ލިބޭހާ ގޮތްގޮތަށް ލެއްވީ ކަތެއް ބޮޑުމަސްމަތީ
ކިނބުލާ ކުމުންދޫ ގުޅިދިއުން އޮވެޔޭ މިތާ ބޮޑު ޙިކްމަތެއް
ޤައުމީ ރިކޯޑުން ޖާގައެއް ލިބިގެން ވަނީ ނޭކުރެންދުއަށް
އައުމުން ކަނޑޫފާ ފެންނަނީ ހެދިގެން އަރާ ނަލަ ގަސްތަކެއް
ދައުލަތުގެ މާތް އުއްތަމަކަމާ ފަނޑުކޮށް ނުދާ ތަޢުލީމަކުން   
" ވައިކަރަދުއޭ ރަށަކީ މަގޭ " ލިޔެލެއްވިއޭ މޮޅު މުޝްރިފެއް
މާވައިދުއަށް ދިއުމުން އެގޭ ދޫކޮށް ދިއައި ފަޅުދަތި ކަމުން
ހާވާ ބިމުން ބެލުމުން ފެނޭ ދަނޑުވެރި ކަމަށް މޮޅު ފަސްގަޑެއް
މާކަނޑު ތެރޭ އެކަހެރި ވެފާ މާމަކުނުދޫ އޮވެ ކުރިއަރާ
މާކެޔޮޅު ކަން މާޒީވެގޮސް ކުރެޔޭ އެތާ ހުރިހާ ކަމެއް
އެއްކޮށް ޅެމުން އަމުނާ މިލީ ފަހުގައި ދިރުން ހުރި ރަށްތަކޭ
ދެއްވުން އެދެން އަތޮޅަށް ޓަކާ ފާގަތި އަމާން ދުޅަހެޔޮ ކަމެއް